ނީލަން
ނަންބަރު: IL-KPL/2024/005
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 31 ޖަނަވަރީ 2024 13:00
ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ޕޯޓްގައި ބޭނުންކުރަމުން ގެންދިޔަ ހެޗް ބާރޖް، ސިޓީލާ ނީލަމުގައި ވިއްކާލުމާއި ގުޅޭ:

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގައި ބޭނުންކުރަމުން ގެންދިޔަ ހެޗް ބާރޖް ނީލަމުގައި ވިއްކާލުމަށްޓަކައި ކުރެވުނު ތިންވަނަ އިޢުލާން ބާޠިލުކޮށް އަލުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

ކުޅުދުއްފުށީ ޕޯޓްގެ ނަންބަރ: IL-KPL/2023/022 އިޢުލާނު ބާޠިލުކޮށް، އަލުން ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގައި ބޭނުންކުރަމުން ގެންދިޔަ ހެޗް ބާރޖް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭ އަގަކީ ޓަނެއް -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއެވެ. އަދި ހުށަހަޅާއަގަށް ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގަކީ ޓަނަކަށް -/50 (ފަންސާސް) ރުފިޔާއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާގޮތުގެ މަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުން ފެށިގެން ސިޓީލައި ނީލަމުގައި އަގު ހުށަހެޅުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް: https://shorturl.at/fIKRT

މަޢުލޫމާތު ކަރުދަސް ވިދާޅުވުމަށް:

ލިންކް: https://shorturl.at/bpA46

 

ތަފްޞީލް

ތާރީޚް

ގަޑި

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

23 ޖަނަވަރީ 2024 އިން 31 ޖަނަވަރީ 2024 އަށް

13:00 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރުން (ޕްރީބިޑް ބައްދަލުވުން)

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ކޮންފަރެންސް ރޫމުގައި

01 ފެބްރުއަރީ 2024

13:30

އަންދާސީ ހިސާބު ހުށަހެޅުން

04 ފެބްރުއަރީ 2024

08:00

ތަން : ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 13:00 އާއި ދެމެދު 8558 652 އަށް، އީމެއިލް ކުރައްވާނަމަ : [email protected] އަށް މެއިލް ކުރައްވައިގެންނެވެ.

ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 04 ފެބްރުވަރީ 2024 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން، އޮފީސް ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 12:00 ގެ ކުރިން ބާރޖް ގަތުމަށް ބޭނުންވާ އަގު ސިޓީއަކުން މި ކުންފުންޏަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް ސިޓީ މެއިލް ކުރެއްވުން އެދެމެވެ.

ނީލަމުގައި ކޮންމެ ދުވަހެއްގެ މެންދުރު 12:00 އާއި ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު، އެ ދުވަހެއްގެ 14:00 ގެ ކުރިން މި އޮފީހުގެ ނޯޓިސް ބޯޑު އަދި ފޭސްބުކް ޕޭޖު (https://www.facebook.com/kpl.com.mv) ގައި ޢާންމު ކުރެވޭނެއެވެ.  ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލުނައިސް ވިދިވިދިގެން ރަސްމީ ބަންދުނޫން 3 ދުވަސް އޮވެއްޖެނަމަ، އެހާތަނަށް ހުށަހެޅިފައިވާ އަގަކީ އެ މުދަލަށް ހުށަހެޅުނު އެންމެ މަތީ އަގު ކަމުގައި ކަނޑައަޅައި، އެ އަގު ހުށަހަޅާފައިވާ ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ނިމުމުން ނީލަން ކާމިޔާބު ކުރާ ފަރާތާއި މިކުންފުންޏާއި ދެމެދު އެއްބަސްވުމެއް ތައްޔާރުކުރެވި، މި އެއްބަސްވުމުގެ ދަށުން ނީލަން ފައިސާ ބަލައިގަތުމާއި، ބާރޖު ޕޯޓް ސަރަޙައްދުން ނެގުމުގެ މަސައްކަތް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބާރޖް ބައްލަވާލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 23 ޖަނަވަރީ 2024 ވަނަ ދުވަހުން ފެށިގެން 01 ފެބްރުއަރީ 2024 ވަނަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 12:00 އާއި ދެމެދު ކުޅުދުއްފުށީ ޕޯޓަށް ވަޑައިގަތުމުން މި އިންތިޒާމު ހަމަޖެހިގެން ދާނެ ކަމުގައި ދެންނެވީމެވެ.

ސިޓީލާ ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ އުޅަނދު (ބާޖު) އާއި ބެހޭ މަޢުލޫމާތު:

އުޅަނދުގެ ރަޖިސްޓްރީ ނަންބަރ :

C3148A-03 12-B

އުޅަނދުގެ ބާވަތް :

ދަގަނޑު

ދިގުމިން :

21.660 މީޓަރު

ފުޅާމިން :

6.700  މީޓަރު

އަންދާޒާކުރެވޭ ބަރުދަން

63 ޓަނު

23 ޖަނަވަރީ 2024