ނީލަން
ނަންބަރު: MNU-CA-NL/2024/03
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 30 ޖަނަވަރީ 2024 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު

މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން   

 

  1. މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ކެމްޕަހުގެ ސީ ބްލޮކް (މަތިމަރަދޫ ޕްރީސްކޫލް) ގައި 2024 ޖަނަވަރީ 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ.

 

  1. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2024 ޖަނަވަރީ 25 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ކެމްޕަހުގެ ސީ ބްލޮކް (މަތިމަރަދޫ ޕްރީސްކޫލް)  ޙާޟިރުވުން އެދެމެވެ.

 

  1.  ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

  1. ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2024 ޖަނަވަރީ 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ސީ ބްލޮކަށް (މަތިމަރަދޫ ޕްރީސްކޫލް)  ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

 

  1. ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު،ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.

 

  1. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.    

 

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛

ގަން ކެމްޕަސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ލ.ގަން، ދިވެހިރާއްޖެ

ފޯން: 3345233

އީ-މެއިލް: [email protected]

22 ޖަނަވަރީ 2024