ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2024/14
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:40
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެވަޅުތަކާއި ޢާންމު ސަރަހައްދުތަކުގައި ކުނި އެންދުމާއި ގުޅޭ

މިފަހަކަށް އައިސް ބައެއް ފަރާތްތަކުން އަމިއްލަ ގެވަޅުތަކުގައި،  ކުނި އެއްކޮށް، އުކާލުމުގެ ބަދަލުގައި   ކުނި ނައްތާލުމަށްޓަކައި، އަންދަމުން ގެންދާ ކަމުގެ ޝަކުވާ މިކައުންސިލަށް ލިބެމުންދާތީ ދަންނަވަމެވެ.

ރަށުގެ އެއްވެސް ތަނެއްގައި (ގެވަޅުތަކާއި އިޖުތިމާޢީ ސަރަހައްދުތައް ހިމެނޭހެން) އަލިފާން ރޯކޮށް ކުނި އެންދުމަކީ ކުނި މެނޭޖުކުރުމާއި ބެހޭ ޤާނޫނާއި ކުނި މެނޭޖުކުރުމާ ބެހޭ ޤަވާއިދުގެ ދަށުން މަނާ ކުރެވިފައިވާ ކަމެއްކަން ވެސް ހަނދާންކޮށްދެވެ.

ވީމާ، ކުނި ނައްތާލުމަށާއި އަދި އެއްވެސް ބޭނުމެއްގައި ރަށުގެ އެއްވެސް ތަނެއްގައި ކުނި އެންދުމުގެ ބޭނުމަށް އަލިފާން ރޯކޮށް އަންދާ ހެދުމަކީ މަނާކަމެއްކަން އެންމެހައި ފަރާތްތަކަށް ހަނދާންކޮށްދީ މިކަން ނުކުރުމަށް އިލްތިމާސްކުރަމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

11   ރަޖަބު     1445

22   ޖަނަވަރީ    2024  

22 ޖަނަވަރީ 2024