ދިވެހިރާއްޖެ
އިޢުލާން
1445 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
މި އަހަރުގެ ރަމަޟާންމަހު ގއ.ދެއްވަދޫ މަސްޖިދުލް އަލްޙާފިޘް އާދަމް ސަޢީދު މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ނުވަތަ ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެޖެއެވެ. ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 28 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއެކު ލިޔުމަކުން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އީ-މެއިލް މެދުވެރިކޮށް އަގު ހުށަހަޅުއްވާނީ [email protected]އަށެވެ.
ރާއްޖެއިން ބޭރުން ޙާފިޡު ގެންނަން ހުށަހަޅާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.
- ޙާފިޡު ގެނައުމުގެ ޓިކެޓް ޚަރަދު (ރާއްޖެ ގެނައުމާއި، އެނބުރި ޤައުމަށް ދިއުމަށް ޚަރަދުވާނެ ވަރު)
- ޙާފިޡު ރަށަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު
- ޙާފިޡުގެ ވިސާ ދެއްކުމާއި، އިންޝުއަރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރިކަމުގެ ލިޔުން
- ޙާފިޡު މާލޭގައި މަޑުކުރައްވާ ދުވަސްތަކުގެ ހުރުމާ ކެއުން ހަމަޖެއްސެވުން.
- ޙާފިޡު ރާއްޖޭގައި ހުންނަ ވަގުތު ބޭނުންކުރާނެ މޯބައިލް ސިމެއް ހޯދައިދޭނީ ޙާފިޡު ގެނެސްދޭ ފަރާތުން.
- އެހެނިހެން (ޙާފިޘްއަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ޕްރޮޕޯސަލް ނުވަތަ ކޯޓޭޝަންގައި ހިމެނުން އެދެން)
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ރަޖަބް 1445
22 ޖަނަވަރީ 2024