ދިވެހިރާއްޖެ
މި އިޢުލާންވަނީ 22 ޖަނަވަރީ 2024 17:06 ގައި ބާތިލް ކުރެވިފައެވެ.
ދުވާފަރު ދެ މިސްކިތުގެ މަރާމާތު މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)304-CA/304/2023/182 ޢިއުލާނާގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ އެ ޢިއުލާން ބާތިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް ޢާންމުކޮށް ޢިއުލާން ކުރީމެވެ. ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 29 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 31 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާގެ ބީލަންވެރިން ރަޖިސްޓަރ ކުރާ ޝީޓް ފުރުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
31 ޖަނަވަރީ 2024 |
އަންގާރަ |
11:00 |
އަންދާސީ ހިސާބު ހުށައެޅުން |
05 ފެބްރުއަރީ 2024 |
ހޯމަ |
11:00 |
މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު |
|
އަގު |
80% |
މުއްދަތު |
%20 |
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
11 ރަޖަބް 1445
22 ޖަނަވަރީ 2024