ޢާންމު މަޢުލޫމާތު
ނަންބަރު: 137-MISC/PR/2024 /04
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 22 ފެބުރުވަރީ 2024 00:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވެންޑަރ ރެޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލުން

                                         އިޢުލާން ނަމްބަރު : 137-MISC/PR/2024 /04

 

ވެންޑަރ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު

                    މި ހޮސްޕިޓަލަށް މުދާ ސަޕްލައި ކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މިހޮސްޕިޓަލުގައި ވެންޑަރ ރަޖިސްޓްރީ ވުމަށް ކުރިން ހުށަހަޅާފައި ނުވާ ފަރާތްތަކަށް ވެންޑަރ ރެޖިސްޓަރ ކުރުމަށް، ފުރުސަތު ހުޅުވާލަމެވެ. މިގޮތުން، މުދާ ސަޕްލައި ކުރައްވާ ފަރާތްތަކުން އެ ފަރާތްތަކުގެ ޕްރޮޑަކްޓް ތަކަށް ލިބިފައިވާ ސޯލް ޑިސްޓްރިބިއުޓާރޝިޕް/ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރޝިޕް/ އޮތޮރައިޒް ޕަރޓްނަރޝިޕް އަދި އޮތޮރައިޒް ރީސެލަރ މި ހޮސްޕިޓަލާއި ހިއްސާ ކުރުމަށް ދެންނެވީމެވެ. މީގެ އިތުރުން، ކޮމްޕެނީ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ. ރެޖިސްޓްރޭޝަން ސެޓްފިކެޓާއި އެކު، މި އިޢުލާނާއިއެކު ހީރަސް ކުރެވިފައިވާ ވެންޑަރ ރެޖިސްޓްރޭޝަން ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ވެންޑަރ ރެޖިސްޓްޓްރޭޝަން ފޯމް މި ހޮސްޕިޓަލްގެ ވެބްސައިޓް www.igmh.gov.mv ގެ "ޑައުންލޯޑްސް" ގައި ލިބެން ހުންނާއެވެ.

                    މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 3335349 ، 3335254 ، 3335105 އަށް ގުޅުއްވުން އެދެމެވެ.

                            11 ރަޖަބް 1445

                           22 ޖަނަވަރީ  2024

22 ޖަނަވަރީ 2024