ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)376/376/2024/2
                    ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2024
                    ޕަބްލިޝްކުރި ގަޑި:  13:34
                    
                ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ދ.ބަނޑިދޫ ފެނުގެ ނިޒާމު ޓެސްޓްކުރުމާއި ގުޅޭ
                                ބަނޑިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުންދާގެންދާ ކޮންޓްރެކްޓަރ ކަމުގައިވާ އެސް.އެމް.ސީ ކުންފުނީގެ ފަރާތުން ބަނޑިދޫގެ ފެނުގެ ނިޒާމު ޓެސްޓް ކުރުމަށްޓަކައި މިއަދުން ފެށިގެން ކުރިއަށް އޮތް 3 މަސްދުވަހު މަހަކު 5000 ލީޓަރުގެ ފެން މިވަގުތު މީޓަރު ކަނެކްޝަން ހަދާފައިވާ ހުރިހާ ގެއަކަށް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. 5000 ލީޓަރަށް ވުރެ އިތުރަށް ބޭނުންނުކުރުމަށް ދަންނަވަމެވެ. އަދި މަހަކު 5000 ލީޓަރަށްވުރެ އިތުރަށް ބޭނުންކުރާނަމަ ފެން ކަނޑާލެވޭނެ ވާހަކަވެސް ދަންނަވަމެވެ. މިފެނަކީ ބުއިމަށް އެކަށީގެންވާ ފެނެއް ކަމުގައިނުވާތީ މިފެން ބުއިމަށް ބޭނުންނުކުރުމަށާއި ދިރިއުޅުމުގެ އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވިދާނެ ކަމުގައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މިހެންވެ މިކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.
                22 ޖަނަވަރީ 2024