މަސައްކަތް
ނަންބަރު: (IUL)281-ESMS/INDIV/2024/2
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި:
07 ފެބުރުވަރީ 2024 13:00
މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު ( ރައްޔިތުންގެ އިމާރާތް '' ނޫތަރިގޭގެ އިރުމަތިން އޮތް ބިން '' ކުއްޔަށް ދޫކުރުން )
މިރަށުގެ ރައްޔިތުންގެ ބިމެއްގޮތުގައި އޮތް '' ނޫތަރިގޭގެ އިރުމަތިން އޮތް ބިން '' ކުއްޔަށް ދޫކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ތާރީޚް
|
ވަގުތު
|
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން
|
22 ޖެނުއަރީ 2024 – 31 ޖެނުއަރީ 2024
|
08:00 އިން 14.00
|
މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް
|
31 ޖެނުއަރީ 2024
|
14.00 މެންދުރު
|
އަންދާސީ ހިސާބު ހުށަހެޅުން
|
07 ފެބުރުއަރީ 2024
|
13.00 މެންދުރު
|
މި ބިން ކުއްޔަށް ހިފުމަށް ހުށަހެޅޭ އެންމެ ދަށް އަގަކީ މަހަކު -/2500 ރުފިޔާއެވެ.
|
ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު 15 އަހަރު ( ކޮންމެ 5 އަހަރަކުން އަގުގެ އިތުރު ކުރެވޭނެއެވެ. )
|
ބިން ބޭނުންކުރެވޭނެ އުޞޫލު
|
- މި ބިން ބޭނުންކުރެވޭނީ ކެފޭ، ރެސްޓޯރަންޓް، ކެފެޓީރިއާ، ކޮފީޟޮޕް، ޓޭކް-އަވޭ، އަދި މިނޫނަސް މިފަދަ ބާވަތްތަކުގެ ވިޔަފާރި ހިންގުމަށެވެ.
- މި ބިމުގައި ރީޓެއިލް ވިޔަފާރިކޮށްގެން ނުވާނެއެވެ.
- މި ބިން ގަރާޖެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ.
- މި ބިމުގައި ކަނޑުމަހާއި ފަރުމަހުގެ ވިޔަފާރި، މަސްކައްކާ ހިއްކުންފަދަ ކަންތައްތައް، ދަނޑުވެރިކަމާއި ގެރިބަކަރި، ކުކުޅުފަދަ ތަކެތި ގެންގުޅުން އަދި ފައިބަރުގެ މަސައްކަތެއް ނުކުރެވޭނެއެވެ.
- ގޭހާއި ތެޔޮ ރައްކާކުރާ ގުދަނެއްގެ ގޮތުގައި މި ބިންބޭނުންކޮށްގެން ނުވާނެއެވެ.
|
ބިމުގައި ޢިމާރާތްކުރުމާއި/ އިންވަކިކުރެވޭނެގޮތް
|
- ކުއްޔަށް ނަގާ ބިމުގައި 1 ބުރިއަށްވުރެ އުސްކޮށް ރާނާ ހިޔާކޮށްގެން ނުވާނެއެވެ.
- ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން ނުވަތަ ބިން ވަކިކުރުން ފަދަ ޙާލަތެއްގައި ކޮށްފައިވާ އެއްވެސް ޢިމާރާތަކަށް އަދި ތަކެއްޗަކަށް ކައުންސިލުން ބަދަލު ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
- ކުއްޔަށް ދޫކޮށްފައިވާ ބިމުގެ އިން ކޮށިގަނޑުޖަހައި ވަކިކުރެވިފައި ހުންނަންވާނެއެވެ.
- ކައުންސިލުން ޤަބޫލުކުރާ ފެންވަރުގެ އެޚިދުމަތް ދެވޭ ފަދަ ތަނަކަށް ވާންޖެހޭނެއެވެ.
- މި ބިން ބޭނުންކުރުމަށް ދެވިފައިވާ ޚިދުމަތް 2/1 1 އަހަރުދުވަހުގެ ތެރޭގައި ފޯރުކޮށްދޭން ވާނެއެވެ. މިމުއްދަތުގެ ތެރޭގައި ޚިދުމަތް ފޯރުނުކޮށް ދެވިއްޖެނަމަ ބިން ވަކިކުރުމުގެ އިހްތިޔާރު ކޮމަންޑޫ ކައުންސިލަށް ލިބިގެންވެއެވެ.
ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައުލޫމާތު
|
- ޕްރޮޕޯސަލްގައި ހިމެނޭ މަސައްކަތުގެ ތެރެއިން ދެވޭ ޚިދުމަތްތަކުގެ ތަފްޞީލް އަދި އެ ޚިދުމަތްތައް ދޭން ކަނޑައަޅާ ގޮތް.
- ބިމުގައި ޢިމާރާތެއް ކުރާނަމަ އެކަމަށް ހޭދަވާނެ ތަކެއްޗާއި ބިންބެލެހެއްޓުމަށް ޤަވާޢިދުން ކުރަމުން ގެންދާނެ މަސައްކަތާ އެކަމަށް ދާނެ ޚަރަދުގެ ތަފްޞީލު.
- ކައުންސިލަށް އަދި ރައްޔިތުންނަށް ނުވަތަ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ ފައިދާތައް. ( ޚިދުމަތްތައް، ހިލޭ އެހީ، ވަޒީފާގެ ފުރުޞަތު، އިޖުތިމާޢީ ޒިންމާ ފަދަ ކަންތައްތައް. )
- ޕްރޮޕޯސަލްގައި ހުށަހަޅާ މަސައްކަތުގެ ތެރެއިން ދިމާވެދާނެ ގެއްލުންތަކާއި ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް އަދި މިކަންކަން މަދުކުރުމަށް އަޅަން ނިންމާ ފިޔަވަޅުތައް.
- ޕްރޮޕޯސަލްގައި ދިނުމަށް އެދޭ ޚިދުމަތް ދިނުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ޕްރޮޕޯސަލްގައި ހިމަނާފައި ނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރުމަށް ކުރެވިދާނެ ކަންކަން.
|
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
11 ރަޖަބު 1445