ދިވެހިރާއްޖެ
ނަމްބަރ:GS149/IUL-2024/01
އިޢުލާން
2024 ވަނަ އަހަރަށް ބޭނުންވާނެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން
2024 ވަނަ އަހަރަށް މިސްކޫލަށް ބޭނުންވާ ތިރީގައިމިވާ މަރާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- އެލްމެނިއަމް ދޮރުތައް މަރާމާތުކުރުން
- ޕާޓްޝަން މަރާމާތުކުރުން
- ލައިޓްތައް ބަދަލުކުރުން
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މިސްކޫލަށް ވަޑައިގެން ނަން ނޯޓްކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ތާރީޚް |
ތަފްޞީލް |
ގަޑި |
ތަން |
22 ޖަނަވަރީ 2024 ން 24 ޖަނަވަރީ 2024 |
ބިޑުގައި ރެޖިސްޓްރީވުން |
09:00 – 14:00 |
ބޮޑުފޮޅުދޫ ސްކޫލް |
25 ޖަނަވަރީ 2024 |
މަޢުލޫމާތު ސާފުކުރުން |
13:00 ގައި |
|
29 ޖަނަވަރީ 2024 |
އަންދާސީ ހިސާބު ހުށަހެޅުން |
13:00 |
ބީލަމުގެ ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. މިބީލަމާ ގުޅޭ އިތުރު މަޢުލޫމާތު 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހު ބާއްވާ ޕްރީބިޑް ބައްދަލުވުމުގައި ބިޑްގައި ރަޖިސްޓްރީވި ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ. އަދި ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބިޑެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި އަންނަ ފަރާތުން އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ ސިޓީއާއި އައިޑީ ކާޑު ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ
ބޮޑުފޮޅުދޫ ސްކޫލް/ އއ.ބޮޑުފޮޅުދޫ
ފޯން: 6660841
އީ-މެއިލް [email protected]
22 ޖެނުއަރީ 2023