ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-ENV/438/2024/19
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:42
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު

ދިވެހި ސަރުކާރުގެ މެނިފެސްޓޯ 2023-2028 ގެ ތިމާވެއްޓާއި ހަކަތަ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ދަށުން 2028 ގެ ނިޔަލަށް ރާއްޖޭގެ އިތުރު 3 ސަރަހައްދެއް ބަޔޮސްފިއަރ ރިޒާވްއަކަށް ހެދުމަށާއި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން، ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މި ކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލީމެވެ.

މިގޮތުން، ނޭޗަރ ޕާކް ޤާއިމުކުރުމަށް ޝައުޤުވެރިވެލައްވާ ރަށްރަށުން، އަދި ބަޔޮސްފިއަރ ރިޒާވްއަކަށް ޝައުޤުވެރިވެލައްވާ އަތޮޅުތަކުން  މި އިޢުލާނާއެކު ހިމަނާފައިވާ 'ޝައުޤުވެރިވެކަން ފާޅުކޮށް ހުށަހަޅާ ފޯމް' ފުރިހަމަ ކުރެއްވުމަށްފަހު، 15 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި މިނިސްޓްރީގެ [email protected] އީމެއިލް އަށް ނުވަތަ މިނިސްޓްރީގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދެމެވެ. މި ފޯމު މިނިސްޓްރީގެ ވެބްސައިޓް www.enviroment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

22 ޖަނަވަރީ 2024