ދިވެހިރާއްޖެ
އިނގުރައިދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ދިރުވާ، އިޖުތިމާޢީ ރޫހާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމަށް، އަދި ފެންވަރު ރަނގަޅު ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމަށާއި، ޒުވާން ކުޅުންތެރިންނަށް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން މިދިޔަ އަހަރެކޭ އެއްފަދައިން މިހިނގާ 2024 ވަނައަހަރުވެސް " އިނގުރައިދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާރ 2024" ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން " ކައުންސިލް ފުޓްސަލް ފިއެސްޓާ 2024 ގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު 03 މާރިޗު 2024 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން އިނގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ފޯމް އިނގުރައިދޫ ކައުންސިލްގެ އިދާރާއިންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ލިބިވަޑައިގަންނަވާނެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ 09:00-13:00 އަށް މި ކައުންސިލް އިދާރާއިންނެވެ. އީމެއިލް މެދުވެރިކޮށް ފޯމް ފޮނުވާނަމަ [email protected]އަށް މެއިލް ކުރެއްވުން އެދެމެވެ. ފޯމް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 03 މާރިޗް 2024ވާ އާދީއްތަ ދުވަހުގެ 13:00 ހަމައަށެވެ.
މި އިޢުލާނާއިއެކު އިނގުރައިދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާރ 2024 މުބާރާތުގެ ގަވާއިދު ޢާންމުކުރީމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.