މަސައްކަތް
ނަންބަރު: D-12-C/2015/03
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި:
09 އޭޕްރިލް 2015 11:00
ނ.މަނަދޫ މެޖިސްޓްރެޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓު ކޯޓުގެ އައުޢިމާރާތުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 އެޕްރީލް 2015 ދުވަހުގެ 11:00 އަށް ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 އެޕްރީލް 2015 ދުވަހުގެ 11:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
09 ޖުމާދަލްއާޚިރާ 1436
29 މާރިޗު 2015