މަސައްކަތް
ނަންބަރު: (IUL)236-ADS/236/2024/2
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 31 ޖަނަވަރީ 2024 11:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. އަތޮޅު މުލީގައި އަޅާ ލައިސަންސް ޓްރެކްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

         މިއިދާރާގެ ފަރާތުން މ. މުލީގައި އެޅުމަށް ހަމަޖައްސާފައިވާ ލައިސަންސް ޓްރެކްގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)236-IED/236/2023/28 (25 އޮކްޓޯބަރ 2023) އިޢުލާނާއި ގުޅިގެން ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިއިދާރާއިން ދޭ ކުރެހުމާއި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް  ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް  29 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން  މި އިދާރާގެ  ([email protected])އަށް ރިކުއެސްޓްކޮށް، އެފަރާތުގެ ތަފްޞީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) އީމެއިލް ކުރެއްވުން އެދެމެވެ.
  2. މިކަމާއި ގުޅިގެން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ  31 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 11:00 ގައި މ. އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
  3. ބީލަމުގައި ރަޖިސްޓްރީ ވެވޭނީ، ކަނޑައެޅިފައިވާ މުއްދަތުގައި އީމެއިލް ފޮނުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
  4. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 08 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މ. އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

 މ.އަތޮޅު ކައުންސިލްގެ އިދާރާ

 ހަވީރީހިނގުން، މ. މުލި، 11050، ދިވެހިރާއްޖެ.

  ފޯން:  6724704

  އީމެއިލް: [email protected]

22 ޖަނަވަރީ 2024