މަސައްކަތް
ނަންބަރު: (IUL)283-PS/283/2015/18
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 08 އޭޕްރިލް 2015 14:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ލައިޓު ޖެހުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިދާރާއިން ކުރި ނަންބަރު IUL)283-PS/283/2015/9)ފ(12 މާރިޗު 2015) އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، ފުނަދޫގައި ޤާއިމުކުރެވޭ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ފުޓްބޯޅަދަނޑުގެ ލައިޓު ޖެހުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 2015 އެޕްރީލް 08 ވާ ބުދަދުވަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ 2015 އެޕްރީލް 14 ވާ އަންގާރަ ދުވަހުގެ 14:00ގައެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ބޭނުންވެލައްވާނަމަ 6540052 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

10 ޖުމާދަލްއާޚިރާ 1436

30 މާރިޗު 2015