ދިވެހިރާއްޖެ
ނަންބަރ: ASND/GA/IUL/2024/3
މި ކުންފުނީގައި ބޭނުންކުރަމުން އަންނަ Microsoft O365 ލައިސެންސް އައުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 22 ޖެނުއަރީ 2024 އިން 28 ޖެނުއަރީ 2024 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 15:00 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
މަދުވެގެން 3 ފަރާތަކުން ރެޖިސްޓްރީ ކޮށްފައިނުވާނަމަ މި އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރެވޭނެއެވެ.
ބިޑު ހުށަހަޅާ ފަރާތްތަކުން މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި -/15022ރ، (ފަނަރަހާސް ބާވީސް ރުފިޔާ) ބިޑާއެކު ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި ކަނޑައެޅިފައިވާ މިންވަރު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް ގެރެންޓީ ގޮތުގައިވެސް ހުށަހެޅިދާނެއެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި ބެހެއްޓުނު ފައިސާ ނުވަތަ ބޭންކް ގެރެންޓީ، ކަނޑައެޅޭ މުއްދަތު ނިމުމުން އަނބުރާ ހަވާލުކުރެވޭނެއެވެ.
04 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮންނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.
21 ޖެނުއަރީ 2024
ޕްރޮކިޔުމެންޓް ސެކްޝަން
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011483