ވަޒީފާގެ ފުރުޞަތު
ނަންބަރު: ކހ/2015/03
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 09 އޭޕްރިލް 2015 15:00
ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
މަސައްކަތު (ކުޑަކުދިން ބަލަހައްޓާ)

މަޤާމު

 (ކުދިންބަލަހައްޓާ މަސައްކަތު (ކޮންޓްރެކްޓް

ބޭނުންވާ އަދަދު

03

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ/ވިލިނިގިލީ އަވަށް

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މައިގަނޑު މަސައްކަތް

ކުޑަކުދިންގެ ހިޔާ/ އަމާންހިޔާގައި، ތިބޭ ކުދިންގެ އެންމެހައި ކަންތައްތައް (ކާންބޯންދިނުމާއި، ފެންވެރުވުމާއި، ސްކޫލަށް ގެންދިއުންފަދަ) ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

 ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލުކަން ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ސިޓީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅި ނަމަވެސް ބާޠިލުވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު ކޮޕީ
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  • މިކަންކަން ފުރިހަމަ ނުކުރައްވާ ހުށަހަޅުއްވާ ސިޓީތައް ބާޠިލު ކުރެވޭނެއެވެ.
ސުންގަޑި 09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ކުޑަކުދިންގެ ހިޔާ އަށް ހުށަހެޅުން. 
އިންޓަވިއު އޮންނާނެ ތަން: 

ކުޑަކުދިންގެ ހިޔާ، ވިލިނިގިލީ އަވަށް، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3391693 / 3391694 އެވެ.

 
01 އޭޕްރިލް 2015