ދިވެހިރާއްޖެ
މިކައުންސިލް ގެ ފަރާތުން މި ޖަނަވަރީ މަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމްތައް ހިންގައިދޭ ފަރާތްތައް ރަށަށް އަންނަ ދުވަހުންފެށިގެން އެނބުރި ރަށުން ފުރާ ދުވަހާ ހަމައަށް ކާންދިނުމުގެ ކަންތައްތައް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށްކުރެވިފައިވާ ނަންބަރު (IUL)316/316/2024/6 އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކޮޓޭޝަން ހުށަހަޅާފައި ނުވާތީ މިއިއުލާނު ބާތިލުކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ ނަންބަރު 6600053 ފޯނާ ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން މި އިދާރާއަށް ކޮޓޭޝަން ހުށަހެޅުން އެދެމެވެ. އަދި ކޮޓޭޝަން ހުށަހަޅާ ފަރާތަކީ އަމިއްލަ ފަރާތެއްނަމަ އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ނުވަތަ ވިޔަފާރިއެއްނަމަ، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ކޮޓޭޝަންއާއެކު ހުށަހަޅަންވާނެ އެވެ. އަދި ކޮޓޭޝާން ފޯމް (އަގު ހުށަހަޅާ ފޯމް) ބޭނުންވާ ފަރާތްތަކަށް މި ފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.