ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2015/49
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 05 މާރިޗު 2015 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޓޯލްސް އޮފިސަރ ޓްރެއިނީ

މަޤާމު:

އެޓޯލްސް އޮފިސަރ ޓްރެއިނީގެ މަޤާމުގައި ގިނަވެގެން 2 މަސްދުވަހުގެ މުއްދަތަށް މަސައްކަތް ކުރާނެ ފަރާތެއް. (ކުންފުނިން ބޭނުންވެއްޖެނަމަ މަސައްކަތް ކުރާ މުއްދަތު އިތުރު ކުރާގޮތަށް)

ބޭނުންވާ އަދަދު:

01

މުސާރަ:

  • 4401.00 ރުފިޔާ (ހަތަރު ހާސް ހަތަރު ސަތޭކަ އެއް ރުފިޔާ)
  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް:

1890.00 ރުފިޔާ (އެއް ހާސް އަށް ސަތޭކަ ނުވަދިހަ ރުފިޔާ)

އޮފީސް:

ލ.ފޮނަދޫ ޕޯސްޓް އޮފީސް

މަޤާމުގެ ޝަރުޠު:
  • ޖީ.ސީ.އީ އޯލެވެލް ނުވަތަ އޭލެވެލްގެ މަސައްކަތާ ގުޅޭ މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު އިނގިރޭސިއާއި ދިވެހިން ދަށްވެގެން ''ސީ' ފާސް ލިބިފައިވުމާއި ކުރެވޭ އިންޓަރވިއުއިން ފާސްވުން. ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލްގެ މަސައްކަތާ ގުޅޭ މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު އިނގިރޭސިއާ ދިވެހިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއި ކުރެވޭ އިންޓަރވިއުއިން ފާސްވުން. ނުވަތަ؛
  • ގްރޭޑް 8ގެ ފެންވަރު ހުރުމާއި ކުރެވޭ އިންޓަރވިއުއިން ފާސްވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކު ކަމުގައި ނުވުން.
  • މިވަޒީފާއަށް މީހުން ހޮވުމުގައި އޮފީހުގައި ޚިދުމަތްތައް ފޯރުވައިދިނުމުގެ އިތުރުން އިދާރީ މަސައްކަތްތަކާއި، ފައިސާގެ މަސައްކަތްތަކާއި، މެއިލް ބެހުމާއި މެއިލް ބޭގްތައް ހަވާލުވުމާއި އަދި ފޮނުވުންފަދަ މަސައްކަތްތަކަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު).
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ (އެޓެސްޓްކޮށްފައި).
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.
ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 05 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑްއޮފީހުގެ ފެކްސް ނަންބަރު 3321559 ފެކްސް ކުރެއްވުން އެދެމެވެ. ލ.ފޮނަދޫއިން ނަމަ، ލ.ފޮނަދޫ ޕޯސްޓް އޮފީހަށް ފޮނުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތަށް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފެކްސް: 3321559

ފޯން:3009272 3009273 3009274

 
29 މާރިޗު 2015