މަސައްކަތް
ނަންބަރު: (IUL)412/412/2024/5
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 25 ޖަނަވަރީ 2024 23:59
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ކުރިއަށް ގެންދާ އިވެންޓްތަކުގެ ކެއުމާއި ސައިގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

  1.  މީލާދީ 1 އަހަރު ދުވަހުގެ މުއްދަތައް ކޮނޑޭގެ ކައުންސިލުން ކުރިއަށް ގެންދާ އެކިއެކި އެވެންޓްތަކާއި، ޖަލްސާ، ސެމިނަރ ވޯކްޝޮޕް ފަދަ ކަންކަމުގައި ކެއުމާއި، ސައިގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރެވޭނީ 2024 ޖެނުއަރީ 21 އިން 2024 ޖެނުއަރީ 25ގެ 23:59 ގެ ނިޔަލަށް i[email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިގެންނެވެ. އަދި ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2024 ޖެނުއަރީ 28 ވަނަ ދުވަހުގެ 12:00ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް  މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މިއިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 2024 ޖެނުއަރީ 28 ވަނަ ދުވަހުގެ 14:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  2024 ފެބްރުވަރީ 06 ވަނަ ދުވަހުގެ 14:00 ގައި ކޮނޑޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ  / ގއ.ކޮނޑޭ، ދިވެހިރާއްޖެ.
  • ފޯން: 6821045/9662499
  • އީމެއިލް: [email protected]
21 ޖަނަވަރީ 2024