މަސައްކަތް
ނަންބަރު: GS-186/IU/2024/02
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 28 ޖަނަވަރީ 2024 12:00
އިސްދޫ ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

2024 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން


ބީލަން ހުށަހެޅުމުގެ ދަޢުވަތު

GS-186/IU/20224/2 ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އަލުން އިއުލާން ކުރީމެވެ.

2024 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

1           ސްކޫލް ސެކިއުރިޓީ 01 ފެބްރުއަރީ 2024 އިން ފެށިގެން 31 ޖަނަވަރީ 2025 ގެ ނިޔަލަށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2         މިޕްރޮޖެކްޓުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ޖަނަވަރީ 22 ން 2024 ޖަނަވަރީ 28 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް އިސްދޫ ސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

3         އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުމަށް،(ޚިދުމަތްދޭ ފަރާތުގެ ނަން / މަޢުލޫމާތު ހޯދުމަށް ގުޅަންވީ ފަރާތުގެ ނަން / މޯބައިލް ފޯނު ނަންބަރު / އިޢުލާނު ނަންބަރު) ހިމަނުއްވާ ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

   އީ-މެއިލް: [email protected]

4         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖަނަވަރީ  29ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ޖަނަވަރީ30 ވަނަ ދުވަހުގެ 11:00 ގައި އިސްދޫ ސްކޫލުގެ  އޮފީހުގައެވެ.

6         މިމަސައްކަތަށް ހުށަހަޅާ އަގު ( އެއް އަހަރުދުވަހަށް ) -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށައަޅާ އަގުގެ %1 ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 

7         މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ

8         އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   އިސްދޫ ސްކޫލް އިދާރީ ސެކްޝަން

ފޯން ނަންބަރ 6800562 / 9630030

މެއިލް: [email protected]

9 ރަޖަބް 1445

21 ޖަނަވަރީ 2024

 

21 ޖަނަވަރީ 2024