ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-ECAS/1/2015/69
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 13 އޭޕްރިލް 2015 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެންވަޔަންމަންޓް އެނަލިސްޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2/ އެމް. އެސް. 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/6,295 ރުފިޔާ

-/2,000 ރުފިޔާ

މުސާރައިގެ %35

ވަޒީފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • އިންޓަރނޭޝަނަލް ސްޓަޑީޒް/ ރިލޭޝަންސް، ޕޮލިޓިކަލް ސައިންސް، ސޯޝަލް ސައިންސް، އިކޮނޮމިކްސް ނުވަތަ ތިމާވެށީގެ ދާއިރާ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އިންޓަރނޭޝަނަލް ސްޓަޑީޒް/ ރިލޭޝަންސް، ޕޮލިޓިކަލް ސައިންސް، ސޯޝަލް ސައިންސް، އިކޮނޮމިކްސް ނުވަތަ ތިމާވެށީގެ ދާއިރާއާއި ގުޅުން ހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • އިންޓަރނޭޝަނަލް ސްޓަޑީޒް/ ރިލޭޝަންސް، ޕޮލިޓިކަލް ސައިންސް، ސޯޝަލް ސައިންސް، އިކޮނޮމިކްސް ނުވަތަ ތިމާވެށީގެ ދާއިރާއާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އިންޓަރނޭޝަނަލް ސްޓަޑީޒް/ ރިލޭޝަންސް،ޕޮލިޓިކަލް ސައިންސް، ސޯޝަލް ސައިންސް، އިކޮނޮމިކްސް ނުވަތަ ދާއިރާއާ ގުޅުން ހުރި ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • އިންޓަރނޭޝަނަލް ސްޓަޑީޒް/ ރިލޭޝަންސް،ޕޮލިޓިކަލް ސައިންސް، ސޯޝަލް ސައިންސް، އިކޮނޮމިކްސް ނުވަތަ ތިމާވެށީގެ ދާއިރާއާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • އިންޓަރނޭޝަނަލް ސްޓަޑީޒް/ ރިލޭޝަންސް،ޕޮލިޓިކަލް ސައިންސް، ސޯޝަލް ސައިންސް، އިކޮނޮމިކްސް ނުވަތަ ތިމާވެށީގެ ދާއިރާއާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު, އިންޓަރނޭޝަނަލް ސްޓަޑީޒް/ ރިލޭޝަންސް،ޕޮލިޓިކަލް ސައިންސް، ސޯޝަލް ސައިންސް، އިކޮނޮމިކްސް ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކަށް ޢަމަލުކުރެވެމުންދާގޮތް ބަލައި މޮނީޓަރކޮށް ކޮންމެ 6 މަހުން އެއްފަހަރު އެކަމާގުޅޭ ރިޕޯޓެއް ތައްޔާރުކުރުން.
  • ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ރާއްޖެއިން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތަކާއި، ރިޕޯޓު، ސްޓޭޓްމަންޓް އަދި ހުށަހަޅަންޖެހޭ ތަކެތި ތައްޔާރުކުރުން.
  • މުއާހަދާތަކާއި އެއްބަސްވުންތައް ބަލަހައްޓާ ފަރާތްތަކުން ރިޕޯޓިންގ މަސައްކަތް ކުރަމުންދާގޮތް ބެލުން.
  • ތިމާވެށީގެ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ނިންމާ ނިންމުންތަކާއި ރާއްޖެއިން ތަންފީޛު ކުރަންޖެހޭ މަސައްކަތްތަކާއި އަޅަންޖެހޭ ފިޔަވަޅުތަކާގުޅޭ ގޮތުން ކަމާގުޅޭ ދާއިރާތަކާއިއެކު މަސައްކަތްކުރުން.
  • މިފަދަ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ބޭއްވޭ ޖަލްސާތަކަށް ރާއްޖެއިން ހުށަހަޅާ ޕޮޒިޝަންއާއި އެހެނިހެން ހުށަހެޅުންތައް، ކަމާބެހޭ ދާއިރާތަކުގެ ލަފަޔާއެކު ތައްޔާރުކުރުން.
  • ގްލޯބަލް އެންވަރަޔަންމަންޓް ފެސިލިޓީ ފޯކަލްޕޮއިންޓްގެ މަސައްކަތްތައް ކުރުން.
  • ސްމޯލްއައިލެންޑް ސްޓޭޓް (ސިޑްސް) ކޮންފަރެންސްއާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތަކާއި ތައްޔާރީ މަސައްކަތްތައް ކުރުން.
  • ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ރާއްޖެއިން ބައިވެރިވާ ޖަލްސާ ސެމިނަރފަދަ ކަންތައްތަކުގައި ނިންމި ނިންމުންތަކުގެ މަޢުލޫމާތު އެފަރާތްތަކުން ހޯދައި، އެމަޢުލޫމާތު ހިއްސާކުރުން.
  • ތިމާވެށީގެ އެކިއެކި ޖަލްސާ، ސެމިނަރތަކުގައި ބައިވެރިވާ ފަރާތްތަކުން، އެބޭފުޅުން ބައިވެރިވި ޖަލްސާ ސެމިނަރއާގުޅޭ ރިޕޯޓު ހޯދާ، އެ މަޢުލޫމާތުތައް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018330، 3018329 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • އިންޓަރނޭޝަނަލް ރިލޭޝަންސްއާ ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު
  • ރާއްޖޭން ބޭރުގެ ތަފާތު ފަރާތްތަކާ ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 13 އެޕްރީލް 2015 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
31 މާރިޗު 2015