ދިވެހިރާއްޖެ
(IUL)38-BB/38/2024/46 :ނަންބަރު
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުން |
2024 މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް
- ޕޯޓަލްއަށް ލޮގިން ކުރެވޭނީ ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށެވެ.
- އީ-ފާސް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވުމަށްފަހު އީ-ފާސްގެ މަޢުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ (Permission) ދޭންވާނެއެވެ.
- ޕޯޓަލްއަށް އަޕްލޯޑްކުރެވޭނީ ހަމައެކަނި ޕީ.ޑީ.އެފް ފައިލްއެވެ.
- ޕޯޓަލްއަށް ފޯމު އަޕްލޯޑުވުމުން ފޯމުގެ ސްޓޭޓަސް ޕޯޓަލްއިން ފެންނާނެއެވެ.
ޝަރުތު:
- ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.
- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.
- އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
- އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
- އޮފިޝަލެއްގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
- މިފަދަ މަސައްކަތަކަށް ޞިއްޙީ ގޮތުން ޤާބިލު މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
- ސްކޫލް ދަރިވަރަކަށް ނުވުން.
އުޖޫރަ: (މި އުޖޫރަ ލިބޭނީ ޓްރެއިނިންގ ފުރިހަމަކޮށް ވޯޓުލާދުވަހު ކަނޑައެޅިފައިވާ މަޤާމުގައި މަސައްކަތްކުރުމުން)
މަޤާމު |
ދެވޭ އުޖޫރަ |
ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ |
-/2650ރ (ދެހާސް ހަސަތޭކަ ފަންސާސް ރުފިޔާ) |
ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ |
-/2350ރ (ދެހާސް ތިންސަތޭކަ ފަންސާސް ރުފިޔާ) |
ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ |
-/2250ރ (ދެހާސް ދުއިސައްތަ ފަންސާސް ރުފިޔާ) |
ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ |
-/1000ރ (އެއްހާސް ރުފިޔާ) |
- މަތީގައިވާ އުޖޫރައަކީ ހުރިހާ އެލަވަންސެއް (ފޯން، ޓްރެއިނިންގ، ވޯޓުލާދުވަހުގެ އެލަވަންސް) ހިމެނޭގޮތަށް އޮފިޝަލަކަށް ޖުމްލަ ލިބޭނެ އަދަދެވެ.
- މަތީގައިވާ އުޖޫރައިގެ އިތުރުން އިންތިޚާބު އޮންނަ ދުވަސް ރަމަޟާން މަހުގެ ދުވަހަކަށް ދިމާވާތީ -/500ރ (ފައްސަތޭކަ) ރުފިޔާގެ އެލަވަންސެއް ވޯޓުލާމަރުކަޒުގައި ހަރަކާތްތެރިވާ ކޮންމެ އޮފިޝަލަކަށް ލިބޭނެއެވެ.
- ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިނުދޭނަމަ ތިރީގައިވާ ރޭޓްތަކުގައި ކެއުމާއި ސަޔަށްވާ ފައިސާ އޮފިޝަލުންގެ އެލަވަންސްއާއެކީ ޖަމާކުރެވޭނެއެވެ.
ރޯދަވީއްލުން |
-/250ރ (ދުއިސައްތަ ފަންސާސް) ރުފިޔާ |
ތަރާވީސް |
-/100ރ (ސަތޭކަ) ރުފިޔާ |
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޙާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. އަދި މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެއެވެ.
- މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ 2024 ފެބުރުވަރީ 24 އާއި މާރިޗް 10 އާ ދެމެދުގައެވެ.
ނޯޓް:
- ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން ، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފާސް ދޫކުރެވިއްޖެނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެއެވެ.
- އޮފިޝަލުން ނެގުމަށް ހަމަޖެހިފައިވަނީ އިންތިޚާބަށް ބޭނުންވާ އަދަދަށެވެ. މި އަދަދު ހަމަވުމުން އިތުރަށް އޮފިޝަލުން ނުނަގާނެއެވެ.
- އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފަރާތްތައް ހަރަކާތްތެރިވާނެ ވޯޓުލާ މަރުކަޒާއި މަޤާމު ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ (ޕޯޓަލްގައި އެޓޭޗްކުރެވޭނީ 3mb އަށްވުރެ ކުޑަ ޕީ.ޑީ.އެފް ފައިލް)
- ވަނަވަރު (ޕޯޓަލްގައި އެޓޭޗްކުރެވޭނީ 1mb އަށްވުރެ ކުޑަ ޕީ.ޑީ.އެފް ފައިލް)
- ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން (ޕޯޓަލްގައި އެޓޭޗްކުރެވޭނީ 2mb އަށްވުރެ ކުޑަ ޕީ.ޑީ.އެފް ފައިލް)
ސުންގަޑި:
- އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2024 މާރިޗް 05 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެކަމުގައި ދެންނެވީމެވެ.