ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-HRM/MHCL/2024/1
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 21:54
ސުންގަޑި: 25 ޖަނަވަރީ 2024 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ، އެޑްމިނިސްޓްރޭޝަންސް

މި އިޢުލާންވަނީ 05 ފެބުރުވަރީ 2024 16:53 ގައި ބާތިލް ކުރެވިފައެވެ.


ވަޒީފާގެ ފުރުޞަތު

މަޤާމު:

 އޮފިސަރ، އެޑްމިނިސްޓްރޭޝަންސް

ބޭނުންވާ އަދަދު:

 01 (ދެއެއް)

މުއްދަތު

 ދާއިމީ

މުސާރައާއި އިނާޔަތްތައް:

 13025 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

 ކުންފުނީގެ އެޗް.އާރު ޕޮލިސީ ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އިތުރުގަޑީގެ އެލަވަންސް އާއި އެހެނިހެން އިނާޔަތްތައް.

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ފައިނޭސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3 ނުވަތަ މަތީ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން.

 ނުވަތަ

  • ސާނަވީ އިމްތިހާނުން 5 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައި ވުމާއެކު މަޤާމާއި ގުޅުންހުރި ދާއިރާ އަކުން މަދުވެގެން 03 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.

މަސްއޫލިއްޔަތު:

  • ފޯނު ކޯލްތަކަށް ޖަވާބުދިނުމާއި ކުންފުނިން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
  • ކުންފުންޏަށް ލިބޭ ލިޔެކިއުންތައް އެންޓްރީކޮށް، އެކަމަކާގުޅޭ ޑިޕާޓްމަންޓްތަކަށް ރޫޓް ކުރުމާއި ޖަވާބު ދޭންޖެހޭ ލިޔެކިޔުންތަކަށް ޖަވާބު ދިނުން.
  • އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކާއި ގުޅިގެން ފޮނުވަންޖެހޭ ސިޓީ،މެސެޖު ފަދަ ލިޔުންތައް ލިޔެ ފޮނުވުމާއި އޭގެ ރެކޯޑު ބެލެހެއްޓުން.
  • ކައުންޓަރަށްލިބޭ ފައިސާ ބައިލަގަތުމާއި އެކަމާއި ގުޅުންހުރި މަސައްކަތްތައްކުރުން.
  • މަސައްކަތާގުޅޭ ރެކޯޑްތަކާއި ލިޔެކިޔުންތައް ގަވާޢިދުން ބަލަހައްޓައި ފައިލްކުރުން.
  • ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއިއެކު، ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަސައްކަތުގެ ވަގުތު:

 މި ކުންފުނީގެ ރަސްމީ މަސައްކަތު ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު މިކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ.

ސުން ގަޑި:

 25 ޖަނަވަރީ 2024، ބުރާސްފަތި ދުވަހުގެ 14:00

 އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.

18 ޖަނަވަރީ 2024