ދެންނެވުން
ނަންބަރު: (IUL)88-IIHR/88/2024/5
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 18 ފެބުރުވަރީ 2024 23:59
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
"ފަހި ފަތުރުވެރިކަމަށް އަންހެނުން" މެންޓަރޝިޕް ޕްރޮގްރާމަށް ހުޅުވާލުން

"ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމަކީ މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ވަޢުދުތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރުކުރުމަށް ޚާއްޞަ ޕްރޮގްރާމެއް ހިންގަންފެށުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ މި މަޤުޞަދު ޙާޞިލުކުރުމުގެ ގޮތުން އެކުލަވައިލެވިފައިވާ ޕްރޮގްރާމެކެވެ.   

މި ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި އަންހެނުންނަށް އަދާކުރެވޭނޭ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމާއެކު، މެންޓަރޝިޕް ޕްރޮގްރާމެއްގެ ސިފައިގައި، މި ދާއިރާއަށް އަންހެނުން ބިނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ފަތުރުވެރިކަމުގެ ސިނާޢަތުގައި އަންހެނުން ބާރުވެރިކޮށް، ވަޒީފާ އަދާކުރާ މިންވަރު އިތުރުކުރުމަށް ފަރުމާކޮށް، އަހަރަކު 2 ފަހަރު ކުރިއަށްގެންދިއުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ.

މިގޮތުން މި ޕްރޮގްރާމްގެ ތެރެއިން، މި ދާއިރާއިން ސެޓްފިކެޓް، ޑިޕްލޮމާ، ނުވަތަ ޑިގްރީ ޙާޞިލުކޮށްފައިވާ ދަރިވަރުންނަށް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން މެދުވެރިކޮށް، މެންޓަރޝިޕް ފޯރުކޮށްދިނުމަށްޓަކައި ފުރުސަތު ހުޅުވާލީމެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ދަރިވަރުން ތިރީގައި ބަޔާންކޮށްފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެދި ދެންނެވީމެވެ.

ލިންކް: https://forms.gle/3r6FUjXsP46svF1U6 

18 ޖަނަވަރީ 2024