މަސައްކަތް
ނަންބަރު: (IUL)350-LH/350/2024/4
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 01 ފެބުރުވަރީ 2024 11:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފީސް އިމާރާތަށް ބައެއް އިތުރުކުރުމާއިބެހޭ

މިކައުންސިލް އޮފީސް އިމާރާތަށް ބައެއް އިތުރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނު ނަންބަރު (IUL)350-LH/350/2024/2 ބާތިލުކޮށް އަލުން އިއުލާނުކުރަމެވެ.

  • ޕްރޮޕޯސަލް ހުށަހެޅުމަށް މިކައުންސިލްގައި ރަޖިސްޓްރީވުން: 25 ޖަނަވަރީ 2024 ގެ ނިޔަލަށް [email protected]   އީމެއިލް މެދުވެރިކޮށް ފޮނުވުން
  • މައުލޫމާތު ދިނުމުގެ ބައްދަލުވުން: 29 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި މިއިދާރާގައި،
  • ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުން: 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައި، ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުމުގައި

 

މިއިޢުލާނާއި ގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތުޝީޓް ރަޖިސްޓްރީ ވެލައްވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ. މިޢިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 30 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޯޕޯސަލްގެ އަގު 500/- ދިވެހި ރުފިޔާ މިއިދާރާގެ އެކައުންޓް 7722700344001 އަށް ޖަމާކުރުމަށްފަހު ސްލިޕް އާއި އެކު ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.   

18 ޖަނަވަރީ 2024