ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2024/3
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:24
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާއިދާއި ޚިލާފު ޢަމަލުތައް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމާއި ބެހޭ

އިޢުލާން

         

 

ޤަވާއިދާއި ޚިލާފު ޢަމަލުތައް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމާއި ބެހޭ:

ޤާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ކައުންސިލުން އެކުލަވާލާފައިވާ ރަށްވެހިކަމުގެ ޤަވާއިދުތަކާއި، ކައުންސިލްގެ އިޙްތިޞޯސް ހިނގާ ސަރަޙައްދުގައި ހިންގާ އެހެނިހެން ކުށުގެ ޢަމަލުތަކާއި ގުޅިގެން ކައުންސިލުން އަންގާ އެންގުންތަކާއި، ކުރާ އަމުރުތަކާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ގޮތުގެ ޢުޞޫލެއް 02  ޖެނުއަރީ 2024 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 04 ވަނަ ދަޢުރުގެ 136 ވަނަ ބައްދަލުވުމުން ވަނީ ކަނޑައަޅާފައެވެ. މިގޮތުން ރަށްވެހިކަމުގެ ޤަވާއިދުތަކާއި، ކައުންސިލުން އަންގާ އެންގުންތަކާއި، ކުރާ އަމުރުތަކާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ އުޞޫލް ތިރީގައި މިވަނީއެވެ.

ރަށްވެހިކަމުގެ ޤަވާއިދުތަކާއި ގުޅޭ ކުށް:

ތަރުތީބު

ފިޔަވަޅުތައް

1

ކުށް އިސްލާޙް ކުރުމަށް އަންގައި ޢާންމު އިޢުލާނެއް ކުރުން.

2

ފިޔަވަޅު 1 އާއި ގުޅިގެން އިސްލާޙް ނުކޮށްފިނަމަ އިސްލާޙް ކުރުމަށް އަންގައި ނޯޓިސްއެއް ފޮނުވުން.

3

ފިޔަވަޅު 2 އާއި ގުޅިގެން އިސްލާޙް ނުކޮށްފިނަމަ ފުރަތަމަ ފަހަރަށް ކުށާއި ގުޅޭ ޤަވާއިދާއި އެއްގޮތަށް ޖޫރިމަނާ ކުރުން.   

4

ފިޔަވަޅު 3 އާއި ގުޅިގެން އިސްލާޙް ނުކޮށްފިނަމަ ކުއްކުރި މީހާގެ ވަނަވަރާއެކު ކުށުގެ ޢަމަލު އެނގޭނެ ފޮޓޯ ޢާންމު ކުރުން.

5

ފިޔަވަޅު 4 އާއި ގުޅިގެން އިސްލާޙް ނުކޮށްފިނަމަ އެތާރީޚުން ފެށިގެން ކޮންމެ މަހަކު އެއްފަހަރު ޖޫރިމަނާކޮށް، ޢަމަލު ހުއްޓުވުމަށާއި، ޖޫރިމަނާ ފައިސާ ހޯދުމަށް ޝަރީޢަތަށް މައްސަލަ ހުށަހެޅުން.

އެހެނިހެން ކަންކަމާއި ގުޅޭ ކުށް:

ތަރުތީބު

ފިޔަވަޅުތައް

1

އިސްލާޙް ކުރުމަށް އަންގައި ނޯޓިސްއެއް ފޮނުވުން / ކުށުގެ ބާވަތުން ޖިނާޢީ މައްސަލައެއް ނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހެޅުން.

2

ފިޔަވަޅު 1 އާއި ގުޅިގެން އިސްލާޙް ނުކޮށްފިނަމަ ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރުން.

3

ފިޔަވަޅު 2 އާއި ގުޅިގެން އިސްލާޙް ނުކޮށްފިނަމަ ފުރަތަމަ ފިޔަވަޅަށްވުރެ ބޮޑު ޖޫރިމަނާ ކުރުން.

4

ފިޔަވަޅު 3 އާއި ގުޅިގެން އިސްލާޙް ނުކޮށްފިނަމަ ކުށުމުގެ ޢަމަލު އިސްލާޙް ކުރަންދެން ޖޫރިމަނާ ކުރަމުން ގެންދިއުން.

5

ފިޔަވަޅު 4 އާއި ގުޅިގެން އިސްލާޙް ނުކޮށްފިނަމަ އެތާރީޚުން ފެށިގެން ކޮންމެ މަހަކު އެއްފަހަރު ޖޫރިމަނާކޮށް،ޢަމަލު ހުއްޓުވުމަށާއި، ޖޫރިމަނާ ފައިސާ ހޯދުމަށް ޝަރީޢަތަށް މައްސަލަ ހުށަހެޅުން.

ވީމާ، މިކަން ޢަންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖަނަވަރީ 2024