މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/74
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 05 އޭޕްރިލް 2015 10:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބ. ކެންދޫ ޞިއްޙީމަރުކަޒު މަރާމާތުކުރުމަށް

ބ. ކެންދޫ ޞިއްޙީމަރުކަޒު މަރާމާތުކުރުމަށް ކުރެވުނު މިނިސްޓްރީ ނަންބަރު IUL 23-AP/1/2015/28 ( ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެއިޢުލާން ބާޠިލުކޮށް، ބ. ކެންދޫ ޞިއްޙީ މަރުކަޒު މަރާމާތުކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 05 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށާއި ބ. ކެންދޫ ޞިއްޙީ މަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އެޕްރީލް 12 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށާއި ބ. ކެންދޫ ޞިއްޙީ މަރުކަޒަށް އަދި މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

11 ޖުމާދަލްއާޚިރާ 1436       

31 މާރިޗު 2015