ދިވެހިރާއްޖެ
މި ކުންފުނީގެ މާލެ އަދި ހުޅުމާލެ ކޮންޓެއިނަރ ޔާޑް ތަކުގައި ޕޭވްމަންޓް ގައު އަތުރާދޭނެ ފަރާތެއް ބޭނުންވެއެވެ. މި މަސައްކަތަކީ 1 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން ހަވާލު ކުރެވޭ މަސައްކަތެކެވެ. މި މަސައްކަތަށް ބޭނުންވާ ގައު ފޯރު ކޮށްދެވޭނެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1. |
ޕްރީބިޑް މީޓިންގ
|
ޕްރީބިޑް މީޓިންގ 24 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 10:00 އަށް އެމް.ޕީއެލް ހެޑްއޮފީހުގައި. (ޕްރީބިޑަށް ހާޒިރުވެ ބިޑްގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.) |
2. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
30 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)
|
3. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް، އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް |
މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށް ވެންނެވުމަށް ފަހު މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.
އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އަށެވެ.