ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)434-PRC/434/2024/18
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 01 ފެބުރުވަރީ 2024 10:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީގެ ނަންބަރު: IUL434-PRC/434/2024/11 އިޢުލާނަށް ދެވިފައިވާ ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާކަން އެންގުމަށް

 

 

               މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ (ޤާނޫނު ނަންބަރު: 2011/17ަ) 47 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުޤުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް، މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުޤުވެރިވާ އަމިއްލަ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވައިލައި، އެކަން އާއްމުކޮށް އެންގުމަށްޓަކައި 14 ޖަނަވަރީ 2024 ވަނަ ދުވަހު ގެޒެޓް ކުރެވިފައިވާ ނަންބަރު: (IUL)434-PRC/434/2024/11 އިޢުލާނަށް ދެވިފައިވާ ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހަށް އިތުރުކުރެވިފައިވާކަން އެންގުމަށްޓަކައި އާންމުކޮށް އިޢުލާން ކުރީމެވެ.

               މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ([email protected]) އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، ޕްރޮޕޯސަލް ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

               ތިރީގައިވާ ތާވަލާއި އެއްގޮތަށް، ޕްރޮޕޯސަލް ހުށަހެޅުން އޮންނާނެއެވެ. އަދި މި އިޢުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

ޕްރޮޕޯސަލް ހުށަހެޅުން

01 ފެބްރުވަރީ 2024 (ބުރާސްފަތި)

10:00

(މެންދުރުކުރި)

- ނޭޝަނަލް ޑްރަގް އޭޖެންސީ ހެޑް އޮފީސް (ސީޓްރެކްސް ބިލްޑިންގ / ތިންވަނަ ފަންގިފިލާ  / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)

 

18 ޖަނަވަރީ 2024