ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2024/11(IUL)
އިޢުލާން
ކައުންސިލްގެ ބެލުމުގެދަށުގައިވާ ރުއްތައް ކުއްޔަށް ދިނުމާއި ބެހޭ
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރުއްތައް 3 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ޖެނުއަރީ 25 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
ވީމާ، ރުއްތައް ކުއްޔަށްހިފުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.