ދިވެހިރާއްޖެ
ތިރީގައިވާ ރަށްތަކުގައި ފާމަސީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
1. ވ. ރަކީދޫ 2. ފ. މަގޫދޫ
3. ކ. މާފުށި 4. ގދ. ފަރެސްމާތޮޑާ
5. އއ. މާޅޮސް 6. ކ. ދިއްފުށި
7. ނ. މަނަދޫ
8. ހދ. ނައިވާދޫ 9. ތ. ގާދިއްފުށި
1. މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
2. މަސައްކަތުގެ ބާވަތް: 225 ނުވަތަ 300 އަކަފޫޓުގެ ފާމަސީއެއް އިމާރާތް ކުރުން.
3. ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:
3.1 ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތަކީ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، 200،000.00ރފ (ދެ ލައްކަ ރުފިޔާ) އަށް ވުރެ ކުޑަ ނޫން އިމާރާތް ކުރުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށްވުން.
3.1.1 ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ހަވާލާދޭ ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުންނެވެ. އަދި ތިޔަފަރާތުން ކުރިން ކޮއްފައިވާ މަސައްކަތް ކަށަވަރު ކުރުމަށްޓަކައި އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތަކުގެ އިތުރު މައުލޫމާތު ހޯދިދާނެއެވެ.
3.1.2 ހަވާލާދޭ ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަނަމަ، ސިޓީއާއެކު އެ މަސައްކަތަށް ބާރުއަޅާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީ ބަލައި ނުގަނެވޭނެއެވެ. ހުށަހަޅާފައިވާ ސިޓީ އަދި ބާރުއަޅާ ލިޔެކިޔުން ތަކުން މަސައްކަތުގެ ތަފްސީލު އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ އެ ސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.
3.2 ކޮންމެ ޕާޓީ އަކަށްވެސް ރެޖިސްޓަރ ކުރެވޭނީ ގިނަވެގެން 2 ރަށަށެވެ.
3.3 ރެޖިސްޓަރ ކުރާ ޕާޓީ އަކީ ކުރިން އެސްޓީއޯގައި މިބާވަތުގެ އެއްވެސް މަސައްކަތެއް ކޮއްފައި އަދި މިހާރު ކުރިއަށް ގެންދަމުންދާ އެއްވެސް ޕޮރޮޖެކްޓެއްގައި 20% ލަސްކަމެއް އުޅޭ ޕާޓީއެއް ނަމަ، އެފަރާތުގެ ރެޖިސްޓްރޭޝަން ބަލައި ނުގަތުމުގެ އިހްތިއާރު އެސްޓީއޯއަށް ލިބިގެންވެއެވެ.
4. ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:
4.1 ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ހަވާލާދޭ ސިޓީ (3.1 ގައިވާ ގޮތަށް)
5. ރަޖިސްޓަރީ ކުރުން:
5.1 ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކުން 2024 ޖެނުއަރީ 24 ވަނަ ދުވަހު 1100ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
6. ބީލަންކަރުދާސް ދޫކުރުން:
6.1 ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2024 ޖެނުއަރީ 25 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
7. ސުވާލާއި ޖަވާބު:
7.1 ރަޖިސްޓަރީ ކުރުމަށްފަހި ހުށަހަޅަން ބޭނުންވާ ސުވާލުތައް 2024 ޖެނުއަރީ 30 ދުވަހުގެ 1100ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި މި ކުންފުނިން ސުވާލުތަކަށް ޖަވާބުދާރީ ވާނީ 2024 ޖެނުއަރީ 30 ދުވަސް ނިމުމުގެ ކުރިންނެވެ.
8. ބީލަން ހުށަހެޅުން:
8.1 ބީލަން ހުށަހަޅަންވާނީ 2024 ފެބްރުއަރީ 04 ވަނަ ދުވަހު 1100ގެ ކުރިން [email protected] މިއީމެއިލް އެޑްރެސް އަށެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ:
ފޯނު ނަނޮބަރ: 1422
އީމެއިލް: [email protected]