މަސައްކަތް
ނަންބަރު: (IUL)AEH/AEH/2024/2
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 17:07
ސުންގަޑި: 23 ޖަނަވަރީ 2024 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުން ހިންގޭ މަރުކަޒުތަކަށް "ރިފެރަލް ލެބޯޓަރީ ސަރވިސް"ގެ ޚިދުމަތް 01 އަހަރު ދުވަހަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުން ހިންގޭ މަރުކަޒުތަކަށް "ރިފެރަލް ލެބޯޓަރީ ސަރވިސް"ގެ ޚިދުމަތް 01 އަހަރު ދުވަހަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)AEH/AEH/2023/103 (27 ނޮވެމްބަރ 2023) އަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން‏ 17‏ ޖަނަވަރީ‏ 2024‏ ، ބުދަ އިން ފެށިގެން ‏ 23‏ ޖަނަވަރީ‏ 2024‏ ، އަންގާރަ ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ. މެއިލް ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް ރެޖިސްޓަރ ކުރައްވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ‏ 24‏ ޖަނަވަރީ‏ 2024‏ ، ބުދަ ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު ‏ 30‏ ޖަނަވަރީ‏ 2024‏ ، އަންގާރަ ވަނަ ދުވަހުގެ 11:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

17 ޖަނަވަރީ 2024