ދިވެހިރާއްޖެ
އިޢުލާން
- މިކޯޓުގެ ދެވަނަ ފްލޯރ އަދި ގްރައުންޑު ފުލޯގައި އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް:
މިކޯޓުގެ ދެވަނަ ފްލޯރ އަދި ގްރައުންޑު ފުލޯގައި އެއަރ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިމަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ. ވީމާ މިދެންނެވުނު މަސައްކަތާއިގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 22 ޖަނަވަރީ 2024 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ޖަސްޓިސް ބިލްޑިންގގެ ގްރައުންޑް ފްލޯރގައި ހުންނަ ސިވިލް ކޯޓުގެ ކައުންޓަރަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. އަދި ރަޖިސްޓްރީ ކުރެއްވި ފަރާތްތަކުން 28 ޖަނަވަރީ 2024 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ޖަސްޓިސް ބިލްޑިންގގެ ގްރައުންޑް ފްލޯގައި ހުންނަ ސިވިލް ކޯޓުގެ ކައުންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑި ޖެހުމަށްފަހު ގެންނަ އެއްވެސް އަންދާސީހިސާބެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.
06 ރަޖަބު 1445
17 ޖަނަވަރީ 2024