ވަޒީފާގެ ފުރުޞަތު
ނަންބަރު: IS-HR/2015/12
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 12 އޭޕްރިލް 2015 14:00
އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ސްޕޯޓްސް ސްޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ސްޕޯޓްސް ސްޕަވައިޒަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: އިސްކަންދަރު ސްކޫލް

މަސައްކަތްކުރަން ހަމަޖެހިފައިވާ ރަށް: ކ. މާލެ
މަސައްކަތްކުރަން ހަމަޖެހިފައިވާ ސެކްޝަން: އެކަޑަމިކް

މަޤާމުގެ ބާވަތް: ދާއިމީ   

މަޤާމުގެ ޝަރުޠު:

މަޤާމު

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސްޕޯޓްސް ސްޕަވައިޒަރ

GS3

އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

-/4465

 

-/1500

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ސްކޫލުގެ ދަރިވަރުންނަށް ހިންގޭ އެކްސްޓްރާ ކޯކަރިކިއުލަރ ހަރަކާތްތަކުގެ ތެރެއިން، ކުޅިވަރުގެ ހަރަކާތްތައް ރާވައި ހިންގުން.
  1. ދަރިވަރުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމާއި، ދަރިވަރުންނަށް ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުންނާއި އަޚުލާޤީގޮތުން ރިވެތި ބަޔަކަށް ދަރިވަރުން ހެދުމަށް މަސައްކަތް ކުރުން.
  2. ދަރިވަރުންނަށް ނެގޭ ޕީ.އީ އެކްޓިވިޓީސް ކުރިއަށްގެންދިއުމާއި، ޕީ.އީ ގަޑިތަކުގައި ޓީޗަރުންނަށް އެހީތެރިވެދިނުމާއި، ޕީ.އީ ޓީޗަރ ނެތް ޙާލަތެއްގައި ހަވާލުކުރެވޭ ޕީ.އީ ގަޑިތައް ނެގުން.
  3. ސްކޫލުގައި ބޭއްވޭ އިންޓަރހައުސް ކުޅިވަރު މުބާރާތްތައް، ސްޕޯޓްސް ކްލަބާ ގުޅިގެން އިންތިޒާމުކުރުމާއި، އެހެނިހެން ކުޅިވަރު މުބާރާތްތައް އިންތިޒާމުކޮށް ހިންގުމުގައި، އެކަމަކާ ހަވާލުވެހުންނަ ފަރާތަކުން ބޭނުންވާ އެހީތެރިކަން ދިނުން.
  4. ކުޅިވަރު ހަރަކާތްތަކަށާއި، ޕީ.އީ އަށް ހޯދާފައިވާ ތަކެތި ބެލެހެއްޓުމާއި، ހޯދަން ބޭނުންވާ ތަކެތި، ބަޖެޓު ސެކްޝަނާ ވާހަކަދައްކައިގެން ހޯދުން.
  5. ސްކޫލުގައި ބޭއްވޭ ކުޅިވަރު މުބާރާތްތަކުގެ ހުރިހާ ރިކޯޑެއް ބެލެހެއްޓުން.
  6. ސްޓާފުންގެ މެދުގައި ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. އިންޓަރސްކޫލް ކުޅިވަރު މުބާރާތްތަކަށް ސްކޫލް ޓީމުތައް ތައްޔާރުކުރުން.
  8. އިންޓަރހައުސް / ކްލަބް ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުމުގެ އިންތިޒާމުތައް ރާވައި ހިންގުން.

އުޖޫރައާއި ޢިނާޔަތްތައް:

  - އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ ޢުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މެރިޓް ޢުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއ.ް
  2. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:  

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓުން (www.csc.gov.mv ން) ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓް ކުރެވިފައިވާ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ، ޝަރުޠުހަމަވާ ފަރާތްތަކުން، 2015 އެޕްރީލް 12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު، އިސްކަންދަރު ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރުން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މި ސްކޫލުގެ މީޓިންގ ރޫމުގައެވެ. މި ވަޒީފާ އަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް، އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ. ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3323244 ނަންބަރު ފޯނާއެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015