ކުއްޔަށް ދިނުން
ނަންބަރު: (IUL)374-C/374/2024/4
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 29 ޖަނަވަރީ 2024 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
03 ބިން ކުއްޔަށް ދިނުން.

މިރަށުގެ އުތުރުފަރާތު ކުރިން ގުދަން ހެދުމަށް ކުއްޔަށް ބިންތައް ދޫކޮއްފައިވާ ސަރަހައްދުން ވަޑާމުގެ މަސައްކަތް ކުރުމާއި ކާބޯތަކެތި ފިޔަވައި އެހެނިހެން ތަކެތި ގުދަން ކުރުމަށްޓަކައި 03 ބިން ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: (IUL)374-C/374/2023/48 ( 28 ނޮވެންބަރު 2023 ) ގެ އިއުލާނާއި ގުޅިގެން ބިން ހޯދުމަށް އެދިވަޑައިގެން އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިބިންތައް ކުއްޔަށް ދޫކުރެވޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 70/- (ހަތްދިހަ ލާރި)އެވެ.

މި 03 ބިމާގުޅޭ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން (www.fncl.gov.mv) ނާއި، ފޭސްބުކް ޕޭޖުން (Faafu Nilandhoo Council Idhaaraa) އަދި ގެޒެޓުން ލިބެން ހުންނާނެއެވެ.  މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2024 ޖެނުއަރީ 18 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.

ވީމާ، މިބިންތައް ހޯއްދެވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 ޖަނަވަރީ 29 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުންނާއި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

6 ރަޖަބު   1445

17 ޖަނަވަރީ 2024

  އިބުރާހީމް މުޙައްމަދު

ފ. ނިލަންދޫ ކައުންސިލްގެ ނައިބުރައީސް

17 ޖަނަވަރީ 2024