ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)281-CA/281/2024/3
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 04 ފެބުރުވަރީ 2024 13:30
މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ކޮމަންޑޫއިން ބަންޑާރަ ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް

ށ. ކޮމަންޑޫއިން ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓް ކުރުމަށްފަހު، ފޯމު ހުށަހެޅިފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް މި އިޢުލާނާއެކު އާންމު ކުރެވިފައި ވާނެއެވެ. ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންފުޅުވާނަމަ 2024 ޖެނުއަރީ 17 ވާ ބުދަ ދުވަހުންފެށިގެން 2024 ފެބްރުއަރީ 4 ވާ އާދިއްތަ ދުވަހުގެ 13:30ގެ ނިޔަލަށް މި ކައުންސިލަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅުއްވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ވެސް ދެންނެވީމެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފާ ނުވާނަމަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކުރެވޭނެއެވެ.

      ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ލިންކް: https://forms.office.com/r/tRMYCGYGwb?origin=lprLink

 

17 ޖަނަވަރީ 2024