ބީލަން
ނަންބަރު: (IUL)386/386/2024/6
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 28 ޖަނަވަރީ 2024 10:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާން މަހު، ތަރާވީޙް ނަމާދު ކުރުމަށް މިރަށަށް ގެނެވޭ ޙާފިޡުގެ ހުރުމާއި ކެއުމާއި އަދި ދޮވެ އިސްތިރި ކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

1445 ވަނަ އަހަރުގެ ރަމަޟާން މަހު، ތަރާވީޙް ނަމާދު ކުރުމަށް މިރަށަށް ގެނެވޭ ޙާފިޡުގެ ހުރުމާއި ކެއުމާއި އަދި ދޮވެ އިސްތިރި ކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

 

1445 ވަނަ އަހަރުގެ ރަމަޟާން މަހު މިރަށުގައި ޙިފްޡްކޮށް ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޡުގެ ހުރުމާއި ކެއުމާއި އަދި ދޮވެ އިސްތިރި ކުރުމުގެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

މިކަމަށް ދެވޭ މަޢުލޫމާތު ކަރުދާސް އަދި އަންދާސީހިސާބު ހުށަހަޅުއްވާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

ބީލަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 28 ޖަނަވަރީ 2024 ވަނަ ދުވަހުގެ 10:00 ގައި މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 6780715 ނަންބަރަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޖަނަވަރީ 2024