ދިވެހިރާއްޖެ
މިހިނގާ 2024 ވަނަ އަހަރުގެ ޖަނަވަރީ 02 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާފައިވާ ޤާނޫނު "މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު" ގެ ދަށުން ކުޅުދުއްފުށީ ޕޯޓުގެ މަސައްކަތުގެ މާޙައުލަކީ މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި، ސަރަޙައްދަށް ވަންނަ ފަރާތްތަކުން 01 ފެބްރުއަރީ 2024 ވަނަ ދުވަހުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އަޅަންޖެހޭ ސޭފްޓީ ހެލްމެޓް، ހައި ވިސިބިލިޓީ ވެސްޓް އަދި ސޭފްޓީ ބޫޓު ބޭނުން ކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން މިތާރީޚުން ފެށިގެން ސަރަޙައްދަށް ވަންނަ އެންމެހާ ފަރާތްތަކަށް، ސަރަޙައްދު ތެރެއަށް ވަދެވޭނީ މިއުޞޫލުގެ މަތިންކަމުގައި ދެންނެވީމެވެ. އަދި މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މިއުސޫލާއި ޚިލާފުވާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ކުޅުދުއްފުށީ ޕޯޓްގެ ސޭފްޓީ އެންޑް ސެކިއުރިޓީ ޔުނިޓަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.
ވުމާއިއެކު 01 ފެބްރުއަރީ 2024 ވަނަ ދުވަހުން ފެށިގެން މިދެންނެވި އުޞޫލަށް ޢަމަލުކުރަމުން ގެންދާނޭކަމުގައި ކުޅުދުއްފުށީ ޕޯޓުން ޚިދުމަތް ހޯއްދަވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.