ދިވެހިރާއްޖެ
Program in Economic and Public Policy (PEPP) University of Tsukuba, Japan |
ޖަޕާނުގެ ސަރުކާރުގެ ފަރާތުން ޖަޕާނުގެ ޔުނިވަރސިޓީ އޮފް ސުކުބާގެ ގްރޭޖުއޭޓް ސްކޫލް އޮފް ބިޒްނަސް ސައިންސް، ހިއުމެނިޓީޒް އެންޑް ޝޯޝަލް ސައިންސަސް އިން ހިންގާ މާސްޓަރސް ޕްރޮގްރާމް އިން އިންޓަރނޭޝަނަލް ޕަބްލިކް ޕޮލިސީ (ޕީ.އީ.ޕީ.ޕީ) އަށް ކިޔެވުމަށް ސްކޮލަރޝިޕް ފުރުޞަތު ހުޅޫވާލައިފައިވާކަމަށް ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވަނީ އަންގާފައިއެވެ.
މި ފުރުޞަތުގެ ދަށުން ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ ދަރިވަރުން އަމިއްލައަށެވެ.
ވީމާ، މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ޖަނަވަރީ 2024 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އަދި ސްކޮލަރޝިޕާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކް އިން ލިބެން ހުންނާނެއެވެ.
https://pepp.hass.tsukuba.ac.jp/admission/
.............................................................................................................................................................. * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. |