މަސައްކަތް
ނަންބަރު: (IUL)13-J2/13/2015/85
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 07 އޭޕްރިލް 2015 14:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފަންނީ އެހީތެރިކަންދޭނެ ފަރާތެއް ހޯދުމާބެހޭ

ފަންނީ އެހީތެރިކަންދޭނެ ފަރާތެއް ހޯދުމާބެހޭ

މި މިނިސްޓްރީގެ ބޭނުމަށް ހާލަތު ބަޔާންކޮށްދޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު IUL)13-J2/13/2015/72)ފ(16 މާރިޗު 2015) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ މަސައްކަތް ކުރުމަށް އަލުން ބިޑް ހުށަހެޅުމަށް ހުޅުވާލަމެވެ.

މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހައުސް ޕްލާޒާ، އައިލެންޑް ޕްލާޒާ، އޯކިޑް ޕްލާޒާ އަދި ނިއުޕްލާޒާ ބިލްޑިންގއަކީ ވަރަށް ގިނަދުވަސްތަކެއްވުމުގެ ސަބަބުން، ވަރަށް ބޮޑަށް ބާވެ، ގިނަ މަރާމާތުތަކެއް ކުރަން ޖެހިފައިވާ އަދި މިހާރުވެސް މަރާމާތުކުރަމުންގެންދާ ތަންތަނެވެ. އެހެންކަމުން، މިތަނަކީ މީހުން ދިރިއުޅުމަށް ކަމުދާ ހާލަތުގައި ހުރި ތަންތަންތޯ ބެލުމަށްޓަކައި، ހާލަތު ބަޔާންކޮށްދޭ ޓެކްނިކަލް ރިޕޯޓެއް ހަދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 7 ވާ (އަންގާރަ) ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އެފްރީލް 15 ވާ (ބުދަ) ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

11 ޖުމާދަލްއާޚިރާ 1436

31 މާރިޗު 2015