ދިވެހިރާއްޖެ
ޢިޢުލާން
ފ. ދަރަނބޫދޫގައި ޤާއިމުކޮށްފައިވާ އިންޑޯހޯލުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
ފ. ދަރަނބޫދޫގައި ޤާއިމުކޮށްފައިވާ އިންޑޯހޯލުގެ ނުނިމިހުރި، ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތެއް ހޯދަން ބޭނުންވެގެންކުރި މިއިދާރާގެ ނަންބަރު: (IUL)373-PP/INDIV/2023/72(17 އޮގަސްޓް 2023) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމަވެ.
ކުރަންޖެހޭ މަސައްކަތްތައް |
|
2 ފާޚާނާގެ ކޮންޕްލީޓް މަސައްކަތް. |
2 ޗޭންޖިންގ ރޫމްގެ ކޮންޕްލީޓް މަސައްކަތް. |
2 ކޯޓް މެޓް އެޅުން ( ބެޑްމިންޓަން ) |
4 ބެންޗް ހެދުން. |
20 ލައިޓްލުން ކަރަންޓްވައިރު ކުރުމާއެކު. |
4 އެގްޒޯސް ހަރުކުރުން. |
10 ކިލޯ ވޯޓްގެ ސޯލާ އެނާޖީ ހަރުކޮށް އިންސްޓޯލް ކުރުން. |
2 ރެފްރީ ޗެއަރ ހެދުން. |
ވީމާ، ބީލަމުގައި ރަޖިސްޓަރީކުރުމާއި، މަޢުލޫމާތު ދިނުމާއި، ބީލަން ހުށަހެޅުމުގެ ދުވަސްތައް ތިރީގައި އެވާ ތާވަލާއި އެއްގޮތަށް މިއިދާރާގައި ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ބީލަމުގައި ރަޖިސްޓަރީ ކުރުން / މަޢުލޫމާތު ދިނުން |
2024 ޖަނަވަރީ 24 ވަނަ ދުވަހުގެ މފ 13:00 ގެ ކުރިން |
ބީލަން ހުށަހެޅުން |
2024 ޖަނަވަރީ 28 ވަނަ ދުވަހުގެ މފ 13:00 ގައި |
ބީލަން ހުށަހެޅުމަށް ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފޯމެއްގެ އަގަކީ -/100ރ. (ސަތޭކަ ރުފިޔާ) އެވެ. ފޯމު ގަތުމަށް ދައްކާ ފައިސާއަކީ ރީފަންޑު ކުރެވޭނެ ފައިސާއެއް ނޫނެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.