މަސައްކަތް
ނަންބަރު: (IUL)339-ESMS/339/2024/6
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 28 ޖަނަވަރީ 2024 12:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

        1445  ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު އައިޝާ މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު (01 ޙާފިޡު)

މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

       ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 12.00ގެ ކުރިން ސިޓީއާއިއެކު މިމަސައްކަތް

ކޮށްދެއްވިދާނެ  އަގު ( ކޯޓޭޝަން )  މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި  އީމެއިލް ޒަރިއްޔާއިން  ކޯޓޭޝަން ހުށަހަޅުއްވުމަށް

ބޭނުންނަމަ،  މި އިދާރާގެ  މެއިލް ( [email protected] )  އަށް މެއިލްކުރެއްވުންއެދެމެވެ.  މިކަމާގުޅޭ ގޮތުން  އިތުރު  މަޢުލޫމާތެއް

ސާފުކުރައްވަން ބޭނުންފުޅުވާނަމަ  6660537 ފޯނާއި  ގުޅުއްވާ  އެމަޢުލޫމާތެއް  ސާފުކުރެއްވުމަށް  ދަންނަވަމެވެ. އަދި  ތިރީގައިވާ  މަޢުލޫމާތު

ކޯޓޭޝަންގައި ހިމަނަންވާނެއެވެ.

1.     ހާފިޡު ދެކޮޅު ޓިކެޓް ( ރާއްޖެއިން ބޭރުން ގެނައުމާއި،އެބުރި ޤައުމަށް ފޮނުވުމުގެ ޚަރަދު)

2.     މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދާއި އަދި ރަށަށް ފޮނުވުމާއި އެބުރި މާލެ ދިއުމުގެ ޚަރަދު

3.     ވިސާ ދެއްކުމާއި އިންޝުއަރެންސް ފީ ދެއްކުމުގެ ޚަރަދު އަދި ދަޢުލަތުގެ އެހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރުން.

4.     ހާފިޡަށް ދޭ އެލަވެންސް އަދި އެހެނިހެން އިނާޔަތްތަކުގެ ތަފްޞީލް

4.     ހުށަހަޅާ ފަރާތުގެ ނަން ، ގުޅޭނެ ނަމްބަރު، އައިޑީކާޑު ކޮޕީ، ( ކުންފުންޏެއްނަމަ ރަޖިސްޓްރީ ކޮޕީ)

5.     ތަޖުރިބާ ލިޔުން އޮތްނަމަ އެފަދަ ލިޔުމުގެ ކޮޕީ

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

      17 ޖަނަވަރީ 2024

17 ޖަނަވަރީ 2024