ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2024/2
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި:
21 ޖަނަވަރީ 2024 13:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ މަޢުލޫމާތު ހޯދުން
ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ އިރު އުތުރު ކަނުން ފެށިގެން މިސްކިތްމަގު ފެށޭ ހިސާބާ ދެމެދުން ބޮޑުތަކުރުފާނުމަގުގައި ހުރި ރުއްގަހާ އަދި ޗާންދަނީ މަގުގައި ހުރި ރުއްގަސް ކަނޑަން ބޭނުންވާތީ، އެރުއްގަހުގައި ވާނީ ހުދުކުލައިގެ ދަވާދުން ބޮޅެއް އަޅާފައެވެ.
ވުމާއެކު އިސްވެދެންނެވި ސަރަހައްދުތަކުގައިހުރި ރުއްގަހުގެ ތެރެއިން މިއިދާރާއިން ފާހަގަކޮށްފައިވާ ޢާއްމު ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު 2024 ޖަނަވަރީ 21 ވާ އާދީއްތަ ދުވަހުގެ 13:30ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުމަށް އަންގަމެވެ. މިއިދާރާއަށް ހުށަހަޅާ ލިޔުމުގައި ރުއްގަހުގެ ވެރިފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި އަދި މިއިދާރާއިން ޖަހާފައިވާ ނަންބަރު އެގެން އޮންނަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.
04 ރަޖަބު 1445
15 ޖެނުއަރީ 2024
15 ޖަނަވަރީ 2024