ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: TES/2015/C-02
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު
07 ރަށުގެ ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިން ކުރުމަށް ކޮންސަލްޓެންސީ ޚިދުމަތާބެހޭ:
1- ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 2015 ވަނަ އަހަރުގެ ބަޖެޓްގައި ފައިސާ ވަނީ ހަމަޖެހިފައެވެ. މިގޮތުން މިމަޝްރޫޢުތަކަށް ލިބިފައިވާ ފައިސާގެ ތެރެއިން 07 ރަށެއްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިން ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
2- މި ކޮންސަލްޓެންސީގެ މަސައްކަތްތަކުގެ ތެރޭގައި ޕްލިމިނަރީ، ޑީޓެއިލް ޑިޒައިންގ އަދި ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކުރުން ހިމެނެއެވެ.
ޕެކޭޖް 01 |
|
ޕެކޭޖް 02 |
||
# |
އަތޮޅާއި ރަށް |
|
# |
އަތޮޅާއި ރަށް |
1 |
ހއ. ބާރަށް |
|
1 |
ކ. ދިއްފުށި |
2 |
ހދ. ވައިކަރަދޫ |
|
2 |
ގއ. ކަނޑުހުޅުދޫ |
3 |
ށ. ފޭދޫ |
|
3 |
ގއ. މާމެންދޫ |
|
|
|
4 |
ގދ. ފަރެސްމާތޮޑާ |
3- މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓެންޓުން ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް (އާރ.އެފް.ޕީ) އާ އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.
4- ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކާ ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ނޯ-ޑިޔު ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.
5- މި މަސައްކަތުގެ ބީލަން ފޮތް ( ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް ) 2015 އެޕްރީލް 05 އިން 2015 އެޕްރީލް 27 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް މިނިސްޓްރީން ލިބެން ހުންނާނެއެވެ.
6- މި ޕްރޮޖެކްޓާ ގުޅޭގޮތުން އުފެދޭ ސުވާލުތައް ލިޔުމަކުން ތިރީގައި ދެންނެވިފައިވާ އެޑްރެސް ނުވަތަ އީމެއިލް އެޑްރެހަށް 2015 އެޕްރީލް 28 ވާ އަންގާރަ ދުވަހުގެ ކުރިން ފޮނުއްވުން އެދެމެވެ.
7- ޓެންޑަރ އިވެލުއޭޝަން ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
އީމެއިލް އެޑްރެސް: [email protected]
8- ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2015 މޭ 05 ވާ އަންގާރަ ދުވަހުގެ 11:00 ގައި "ޕްރޮޕޯޒަލް" ހުށަހެޅުއްވުން އެދެމެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
އީމެއިލް އެޑްރެސް: [email protected]