ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2024/8
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 28 ޑިސެންބަރު 2023 14:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ވައިކަރަދޫ "ކޮކްނަޓްވިލާ" ކިޔާ ގޯތީގެ، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއާ ބެހޭ

 

ހދ. ވައިކަރަދޫ " ކޮކްނަޓްވިލާ " ކިޔާ ގޯތީގެ، އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދައިދިނުމަށް އެދި މި ކައުންސިލަށް ވަނީ ހުށަ ހަޅާފައެވެ.

ވީމާ. މި ރަޖިސްޓަރީއާއި ބެހޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 28 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން ކައުންސިލްގެ އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.  

17 ޖަނަވަރީ 2024