މަސައްކަތް
ނަންބަރު: (IUL)426-EB/1/2015/36
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 05 އޭޕްރިލް 2015 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި ޖަމާކޮށްދޭނެ ފަރާތެއް ހޯދުން

އައްޑޫސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫގެ ގޭބިސީތަކުންނާއި އެހެނިހެން ތަންތަނުން ނަގާ ކުނި، އައްޑޫސިޓީގެ ހިތަދޫ ރުއްޖެހެރެ ކުނިކޮށްޓަށް، ކުނި ޖަމާކޮށްދޭނެ ފަރާތެއް ހޯދުން

އައްޑޫސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށުގެ ގޭބިސީތަކުންނާއި އެހެނިހެން ތަންތަނުން ނަގާކުނި އައްޑޫސިޓީގެ ހިތަދޫ ރުއްޖެހެރެ ކުނިކޮށްޓަށް، ކުނި ޖަމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތުގެ އަލީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މިި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 8 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ކޮންމެ ތަނަކަށް ވަކި ހުށަހެޅުމެކެވެ. 

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލުގައާއި މީދޫ އަވަށުއޮފީހުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސްހޯލަށާއި މީދޫ އަވަށުއޮފީހަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކައާއި މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

11 ޖުމާދަލްއާޚިރާ 1436

31 މާރިޗު 2015