މަސައްކަތް
ނަންބަރު: (IUL)392-ADM/392/2015/19
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:44
ސުންގަޑި: 07 އޭޕްރިލް 2015 10:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫ ޕްރީސްކޫލް ޢިމާރާތް ކުރުން

ވޭމަންޑޫ ޕްރީސްކޫލް ޢިމާރާތް ކުރުން

ވޭމަންޑޫގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޕްރީސްކޫލުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 07 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް ވޭމަންޑޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

އަދި މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

11 ޖުމާދަލްއާޚިރާ 1436

31 މާރިޗު 2015