ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ލެބޯރަޓޮރީ ކޮންސިއުމަބަލްސް، ދެވިފައިވާ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
ނަންބަރު: TENDER/HMH/2024/003
ހުޅުމާލެ ހޮސްޕިޓަލްއަށް ބޭނުންވާ ލެބޯރަޓޮރީ ކޮންސިއުމަބަލްސް، ދެވިފައިވާ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ރެޖިސްޓްރޭޝަން: |
ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން 21 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބީލަމަށް އަގު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ. |
ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް: |
https://forms.gle/rC6G5P56Pb3p5Nrf8 |
އަންދާސީ |
24 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 12:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ. |
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 21 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350113 / 3350152
އީ-މެއިލް: [email protected]
ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް