މަސައްކަތް
ނަންބަރު: (IUL)120/01/2015/17
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 20 އޭޕްރިލް 2015 14:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުން

2015 ވަނައަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީސީއީ އޭލެވެލް އާއި އައިއޭއެލް އާއި އެޗްއެސްސީ އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދުން:

2015 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީސީއީ އޭލެވެލް އާއި އައިއޭއެލް އާއި އެޗްއެސްސީ އިމްތިޙާނުގައި ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ބޭނުންވެއެވެ.

މިކަމަށް އެދޭ ފޯމު 2015 އެޕްރީލް 06 ން 2015 އެޕްރީލް 20 ގެ ނިޔަލަށް، މިޑިޕާޓްމަންޓުން ދޫކުރަމުންގެންދާނެއެވެ. އަދި މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިން ޑައުންލޯޑު ކުރެއްވޭނެއެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 14:30 އަށެވެ.

ޗީފްއިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ޝަރުޠާއި އިޤުރާރު މި ޑިޕާޓްމަންޓްގެ ވެބްސައިޓުގައި ހިމަނާފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2015 އެޕްރީލް 20 ވަނަ ދުވަހުގެ 14:30ގެ ކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

12 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015