މަސައްކަތް
ނަންބަރު: (IUL)269/269/2024/6
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 25 ޖަނަވަރީ 2024 12:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 

 1445  ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުއްއިޙްލާސް މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު (01 ޙާފިޡު) މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 12.00ގެ ކުރިން ސިޓީއާއިއެކު މިމަސައްކަތް ކޮށްދެއްވިދާނެ އަގު ( ކޯޓޭޝަން ) މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި އީމެއިލް ޒަރިއްޔާއިން ކޯޓޭޝަން ހުށަހަޅުއްވުމަށް ބޭނުންނަމަ،  މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް ([email protected]) އަށް މެއިލްކުރެއްވުންއެދެމެވެ. މިކަމާގުޅޭ ގޮތުން  އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520025 ފޯނާއި ގުޅުއްވާ އެމަޢުލޫމާތެއް ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި ތިރީގައިވާ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.

1.     ހާފިޡު ދެކޮޅު ޓިކެޓް ( ރާއްޖެއިން ބޭރުން ގެނައުމާއި،އެބުރި ޤައުމަށް ފޮނުވުމުގެ ޚަރަދު)

2.     މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދާއި އަދި ރަށަށް ފޮނުވުމާއި އެބުރި މާލެ ދިއުމުގެ ޚަރަދު

3.     ވިސާ ދެއްކުމާއި އިންޝުއަރެންސް ފީ ދެއްކުމުގެ ޚަރަދު އަދި ދަޢުލަތުގެ އެހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރުން.

4.  ހާފިޡަށް ދޭ އެލަވެންސް އަދި އެހެނިހެން އިނާޔަތްތަކުގެ ތަފްޞީލް

4.     ހުށަހަޅާ ފަރާތުގެ ނަން ، ގުޅޭނެ ނަމްބަރު، އައިޑީކާޑު ކޮޕީ، ( ކުންފުންޏެއްނަމަ ރަޖިސްޓްރީ ކޮޕީ)

5.     ތަޖުރިބާ ލިޔުން އޮތްނަމަ އެފަދަ ލިޔުމުގެ ކޮޕީ

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖަނަވަރީ 2024